ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި ކުނި އުކާލަން މަގުމަތީގައި އުޅޭ ދިވެއްސަކަށް މަހެއްގެ މައްޗަށް ލިބެނީ 10،000ރ. އަށް ވުރެ ކުޑަ މުސާރައެކެވެ. އެ މުސާރަ އިން އެމީހާގެ ދިރިއުޅުމުގެ ހަރަދުތަކުން ދެކޮޅު ޖެހެނީ ހަމަ ކިރިޔާއެވެ. ކުއްޔާއި ކަރަންޓު ބިލާއި ފެން ބިލް ދައްކާލާފައި އެކައުންޓްގައި މާ ބޮޑު އެއްޗެއް ނޯވެއެވެ. ފަހަށް ރައްކާ ކުރާނެ އެއްޗެއް ވެސް ނުލިބެއެވެ. ހިނގަމުން އަންނަ މަހުގައި ހަރަދުތައް ކުރަން ބޭނުން ނަމަ، "ގަނަތެޅެން" މަޖުބޫރުވެއެވެ. ރާއްޖޭގައި ގިނަ ވަޒީފާތަކުގައި އުޅޭ މީހުންގެ ހާލަތަކީ މިއީއެވެ! ދިވެހިން ގޭގައި ތިބެގެން އާމްދަނީ ހޯދަން މިވަނީ މަޖުބޫރުވެފައެވެ. ރާއްޖޭގައި ޓްރޭޑްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ،…